ދޯންޏެއް ފަރަަށް އެރުމާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވެއްޖެ
28 ނޮވެމްބަރ 2018 00:46

މާލެއިން ފުރައިގެން ކ.ހުރާ ކައިރީ އޮންނަ ކުޑަވިލިނގިއްޔަށް ދަތުރުކުރި "ނާޒް" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް ކަނޑުއޮތްގިރީ ކައިރީ އޮތް ފަރަކަށް އެރުމާ ގުޅިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ހަރަކާތްތެރިވެއްޖެއެވެ.

މިހާދިސާގެ މަޢުލޫމާތު މިއަދު ހެނދުނު 07:55 ހާއިރު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުމާއެކު ވަގުތުން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ.

65 ފޫޓްގެ މިދޯނި ފަރަށް އެރިއިރު ދިވެއްސަކާއި ދެ ބިދޭސީންނާއެކު ޖުމްލަ 3 މީހުން ދަތުރުކުރިއެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިިބިފައެއް ނުވެއެވެ.