ދޯންޏަކުން ގިނަ އަދަދެއްގެ ލަކުޑި ފިލާތަކެއް ކަނޑަށް އެޅި އޮޔާ ދާތީ ދަތުރު ކުރައްވާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކުރަން
28 ނޮވެމްބަރ 2018 13:54

ކ. ކަނޑުއޮށްގިރި ކައިރިން ދޯންޏަކުން ގިނަ އަދަދެއްގެ ލަކުޑި ފިލާތަކެއް ކަނޑަށް އެޅި އޮޔާ ދާތީ ދަތުރު ކުރައްވާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކުރަމެވެ.

2018 ނޮވެމްބަރު 28 ވަނަ ދުވަހު ކ. ކަނޑުއޮށްގިރި ކައިރިން ދޯންޏަކުން ގިނަ އަދަދެއްގެ ލަކުޑި ފިލާތަކެއް ކަނޑަށް އެޅި ބަނޑޮސް އައިލެންޑް ރިސޯޓާއި ދިމާލަށް ހުޅަނގަށް އޮޔާ ދާކަމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ މައުލޫމާތުދީފައެވެ.  މަޢުލޫމާތު ލިބިފައިވާގޮތުގައި މި ލަކުޑި ފިލާތަކަކީ މިއަދު ކަނޑުއޮށްގިރި ކައިރިއަށް ފަރަށް އެރި "ނާޒް" ނަމަކަށް ކިޔާ މުދާ އުފުލާ ދޯނިން ފޭބި ފިލާތަކެކެވެ.

މި ތަކެތި ނެގުމުގެ މަސައްކަތް މިދޯނީގެ ވެރިފަރާތާއި އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ގުޅިގެން ދަނީ ކުރަމުންނެވެ.

މި ސަރަޙައްދުން ދަތުރު ކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވައިގެން ދަތުރުކުރުމަށާ ރޭގަނޑު ދަތުރުކުރައްވާ ފަރާތްތަކުން މިސަރަހައްދުން ދަތުރު ކުރެއްވުމުގައި ޚާއްސަ ސަމާލުކަމެއްދެއްވުމަށް އެދެމެވެ.