ފަރަށް އަރާފައިވާ ލޭންޑިންގ ކްރާފްޓެއް ފުންކުރުމުގައި އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި
28 ނޮވެމްބަރ 2018 15:17

ފަރަށް އަރާފައިވާ "ޝަނީމް" ނަމަކަށް ކިޔާ ލޭންޑިންގ ކްރާފްޓް ފުންކުރުމުގައި އެމްއެންޑީއެފް ކޯސްޓްގާޑުން މިއަދު އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

126 ފޫޓުގެ މި ލޭންޑިންގ ކްރާފްޓް އަނަންތަރާ ވެލި ރިސޯރޓުގެ އިރުމަތީ ފަރާތު ފަރަށް އަރާފައިވާ ކަމުގެ ރިޕޯރޓް އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ 2018 ނޮވެމްބަރު 27 ވަނަ ދުވަހުގެ ރޭ ދަންވަރު 2:05 ހާއިރުއެވެ.

މި ހާދިސާއާއި ގުޅިގެން ދޯނީގެ ވެރިފަރާތުން ކަފުޖެހުމަށްޓަކައި ޓަގެއް ހޯދުމާއި އެކު މިއަދު 13:00 ގައި މި ލޭންޑިންގ ކްރާފްޓް ކަފުޖެހުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މި ލޭންޑިންގ ކްރާފްޓް ފަރަށް އެރި އިރު މީގައި ތިން ދިވެހިންނާއި 2 ބިދޭސީން ތިއްބެވެ. މި ހާދިސާއާއި ގުޅިގެން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.


Video : 4th Indian Ocean Conference...