އެކްސަސައިޒް "ޖައްރާފާ 2018" ފަށައިފި
29 ޖެނުއަރީ 2019 17:59

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަޔަރ އެކްސަސައިޒް "ޖައްރާފާ 2018" މިއަދު ހަވީރު ކަޅުތުއްކަލާކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ފަށައިފިއެވެ.

މި އެކްސަސައިޒް ފެށުމަށްޓަކައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވާފައިވަނީ ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަންސް އެންޑް ޓްރޭނިންގ ގެ ޕްރިންސިޕަލް ޑައިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ހާމިދު ޝަފީގެވެ.

މި ރަސްމިއްޔާތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ކޮމާންޑަރ ކާނަލް ޢަބްދުﷲ ޒުޙުރީ ގެ އިތުރުން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ސީނިއަރ އޮފިސަރުންނާއި ފަޔަރ ފައިޓަރުންވަނީ ބައިވެރިވެފައެވެ.

މި އެކްސަސައިޒް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29 ވަނަ ދުވަހުން ފެށިގެން 2018 ޑިސެމްބަރު 1 ވަނަ ދުވަހުގެ ނިޔަލަށެވެ.


Video : 4th Indian Ocean Conference...