ބާޖެއް އޮޔާދާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސް ކުރަން
03 ޑިސެމްބަރ 2018 10:22

ބަނޑުންޖަހާލާފައިވާ ބާޖެއް، ހދ.ނައިވާދޫގެ ހުޅަނގު އުތުރުން އޮޔާދާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވާތީ ކަނޑުދަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސް ކުރަމެވެ.

ބަންޑުން ޖަހާލާފައިވާ މި ބާޖަކީ ދިގުމިނުގައި 73 މީޓަރު، ފުޅާމިނުގައި 21 މީޓަރު ހުރި ދަގަނޑު ބާޖެކެވެ. ވީމާ މިސަރަޙައްދުން ދަތުރު ކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވުމަށް އިލްތިމާސް ކުރަމެވެ. އަދި ރޭގަނޑު ދަތުރުކުރައްވާ ފަރާތްތަކުން މިސަރަހައްދުން ދަތުރު ކުރެއްވުމުގައި ޚާއްޞަ ސަމާލުކަމެއްދެއްވުމަށް ވެސް ދަންނަވަމެވެ.