ގއ.ވިލިނގިލިން ހާލުބޮޑު ބަލި މީހަލު އެމްއެންޑިއެފް ހެލިކޮޕްޓަރުގައި މާލެ ގެނެސްދީފި
07 ޖެނުއަރީ 2019 05:07

ގއ.ވިލިނގިލީގައި ހުންނަ ގއ.އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ހާލުބޮޑު ބަލި މީހަކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މިރޭ މާލެ ގެނެސްދީފިއެވެ.

މިރޭ 01:40 ހާއިރު މާލެ ގެނެސްދީފައިވަނީ އުމުރުން 54 އަހަރުގެ ފިރިހެނެކެވެ. މި މީހާ މާލެ ގެނެސްދީފައިވަނީ ޑީކޮމްޕްރެޝަން ސިކްނަސް (ޑީކޯ) ވެ އިތުރު އަވަސް ފަރުވާއަށް މާލެ ގެންދިއުމަށް ގއ.އަތޮޅު ހޮސްޕިޓަލުން މިމީހާ ބެއްލެވި ޑޮކްޓަރުން ލަފާ ދެއްވުމުންނެވެ.

ވިލިނގިލިން ގެނައި ބަލި މީހާ އާއެކު އެމްއެންޑީއެފް ހެލިކޮޕްޓަރު ޖެއްސީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށެވެ. މި މީހާ މިހާރު ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްދީފައެވެ.