ލ.ގަމުން ހާލުބޮޑު ބަލި މީހަކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މާލެ ގެނެސްދީފި
08 ޖެނުއަރީ 2019 19:54

ލ.ގަމުން ހާލުބޮޑު ބަލި މީހަކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މިރޭ މާލެ ގެނެސްދީފިއެވެ.

މިރޭ 07:40 ހާއިރު މާލެ ގެނެސްދީފައިވަނީ އުމުރުން 86 އަހަރުގެ ފިރިހެނެކެވެ. ލ.ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ މި މީހާ މާލެ ގެނެސްދީފައިވަނީ ޞިއްޙީ އިތުރު އަވަސް ފަރުވާއަށް މާލެ ގެންދިޔުމަށް ލ.ގަމު ރީޖަނަލް ހޮސްޕިޓަލުން މި މީހާ ބެއްލެވި ޑޮކްޓަރުން ލަފާ ދެއްވުމާ ގުޅިގެންނެވެ. ލ.ގަމުން ގެނައި ބަލިމީހާއާ އެކު އެމްއެންޑީއެފް ހެލިކޮޕްޓަރު ޖެއްސީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށެވެ.

މި މީހާ މިހާރު ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްދީފައެވެ.