އިންޖީނު ހުއްޓުނު ދޯންޏަކަށް އެމްއެންޑީއެފް ސެންޓްރަލް އޭރިއާއިން އެހީތެރިކަން ފޯރުކޮށްދީފި
22 ޖެނުއަރީ 2019 13:42

ގއ. ކޫއްޑޫއިން މާލެ ދަތުރުކުރި "ރާސްތާ-03" ނަމަކަށް ކިޔާ ދޯނީގެ ޝާފްޓް ބިންދައިގެން ދިއުމާއި ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާއިން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

މިހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައި ވަނީ މިއަދު މެންދުރު 14:30 ހާއިރު އެވެ. މިހާދިސާއާއި ގުޅިގެން ވެރިފަރާތުން ކަފުޖެހުމަށް ދޯންޏެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ދޯނި އޮޔާ ގޮސް ދ.މާއެނބޫދޫ ފަރާއި ކައިރިވަމުންދާ ކަމުގެ މަޢުލޫމާތު ލިބުމާގުޅިގެން މިރޭ 22:31 ހާއިރު އެމްއެންޑީއެފް ސެންޓްރަލް އޭރިއާއިން ވަނީ ދ.އަތޮޅު ސީ އެމްބިއުލާންސް އެސަރަހަށްދަށް ފޮނުވާފައެވެ. މިދޯނި ޝާފްޓް ބިންދައިގެ ގޮސްފައި ވަނީ ދ.ވާނީގެ އިރުން 15 ނޯޓިކަލް މޭލު ބޭރުން ދަތުރުކުރަމުން ދަނިކޮށްނެވެ. އަދި މިރޭ 23:20 ހާއިރު ދޯނީގެ ވެރިފަރާތުން ހަމަޖެއްސި އެހެން ދޯންޏެއްގައި ކަފުޖަހައިގެން މިދޯނި މާލެ އައުމަށް ދަނީ ދަތުރު ކުރަމުންނެވެ.

މިހާދިސާ ހިނގިއިރު މި ދޯނީގައި ދިވެއްސަކާއި 4 ބިދޭސީން ދަތުރު ކުރިއެވެ. އަދި މި ހާދިސާގައި ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވެއެވެ.