ޑައިވިންގއަށް ފޭބި ފަހުން ޚަބަރެއް ނުވެގެން ހޯދަމުންދިޔަ ފަތުރުވެރިޔާ ފެނިއްޖެ
30 ޖެނުއަރީ 2019 17:08

ޑައިވިންގއަށް ފޭބި ފަހުން ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހޯދަމުންދިޔަ ފަތުރުވެރިޔާ ފެނިއްޖެއެވެ.

"ނޮއުޓިލަސް 2" ނަމަކަށް ކިޔާ ސަފާރީއަކުން ޑައިވިންގއަށް ފޭބި މި މީހާގެ ހަށިގަނޑު ފެނިފައިވަނީ މިމީހާ ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންދިޔަ އެމްއެންޑީއެފް ކޯސްޓްގާޑްގެ ޑައިވަރުންނާއި އަލިމަތާ ރިސޯޓްގެ ޑައިވަރުން ގުޅިގެން ކުރިމަސައްކަތުން މިއަދު 16:26 ހާއިރުއެވެ.

ވ. އަލިމަތާ ރިސޯޓްގެ އުތުރު ކަނޑުއޮޅިއަށް ޑައިވިންގއަށް ފޭބި އުމުރުން 57 އަހަރުގެ ފިރިހެން ފަތުރުވެރިޔާގެ ހަށިގަނޑު ފެނިފައިވަނީ ކަނޑުގެ 29.3 މީޓަރު އަޑިންނެވެ.

މިމީހާ ޑައިވިނަށް ފޭބިފަހުން ޚަބަރެއް ނުވެގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިއަދު 13:33 ހާއިރުއެވެ.