އިންޖީނު ހުއްޓުނު ދޯންޏަކަށް އެމްއެންޑީއެފް މާލެ އޭރިއާއިން އެހީތެރިކަން ފޯރުކޮށްދީފި
05 ފެބްރުއަރީ 2019 01:34

ލ.ފޮނަދޫއިން ފުރައިގެން މާލެ ދަތުރުކުރި "އަރަފާ އެކްސްޕްރެސް" ބޯޓު އިންޖީނު ހުއްޓިގެން އެމްއެންޑީއެފް  މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މި ހާދިސާގެ ރިޕޯޓު މިރޭ 21:25 އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުމާއެކު ސިފައިން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ.

މި ހާދިސާގައި އިންޖިނު ހުއްޓުނު ބޯޓުގައި ތިބި 21 މީހުންގެ ތެރެއިން 13 މީހަކު ވަނީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް ވެލާނާގައި މިރޭ 00:30 ހާއިރު ވަނީ މާލެ ގެނެސްފައެވެ.