ސ.ހިތަދޫއިން ހާލުބޮޑު ބަލި ކުއްޖަކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މާލެ ގެނެސްދީފި
09 ފެބްރުއަރީ 2019 01:40

ސ.ހިތަދޫގައި ހުންނަ، އަތޮޅު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ހާލުބޮޑު ބަލި ކުއްޖަކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މިއަދު މާލެ ގެނެސްދީފިއެވެ.

މިއަދު ހެނދުނު 10:30 ހާއިރު މާލެ ގެނެސްދީފައިވަނީ އުމުރުން 06 އަހަރުގެ ފިރިހެން ކުއްޖެކެވެ. މި ކުއްޖާ މާލެ ގެނެސްދީފައި ވަނީ ސިއްޙީ އިތުރު އަވަސް ފަރުވާއަށް މާލެ ގެންދިއުމަށް ސ.ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން މި ކުއްޖާ ބެއްލެވި ޑޮކްޓަރުން ލަފާ ދެއްވުމުންނެވެ.

މި ކުއްޖާ މިހާރު ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްދީފައެވެ.