ތ.ވޭމަންޑޫން ހާލުބޮޑު ބަލި މީހަކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މާލެ ގެނެސްދީފި
21 ފެބްރުއަރީ 2019 12:41

ތ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާދެމުންދިޔަ ހާލުބޮޑު ބަލި މީހަކު އެމްއެންޑީއެފް ކުރަނގި ހެލިކޮޕްޓަރުގައި މިއަދު މާލެ ގެނެސްދީފިއެވެ.

އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ އެހީތެރިކަމާއެކު މިއަދު 11:30 ހާއިރު މާލެ ގެނެސްދީފައިވަނީ އުމުރުން 76 އަހަރުގެ އަންހެނެކެވެ. މި މީހާ މާލެ ގެނެސްދީފައި ވަނީ ޞިއްޙީ އިތުރު އަވަސް ފަރުވާއަށް މާލެ ގެންދިއުމަށް ތ.އަތޮޅު ހޮސްޕިޓަލުން އެ މީހާ ބެއްލެވި ޑޮކްޓަރުން ލަފާ ދެއްވުމުންނެވެ.

މި މީހާ މިހާރު ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްދީފައެވެ.