ގ.އީލާމްގޭގައި ރޯވި އަލިފާން އެފްއާރުއެސްއިން ނިއްވާލައިފި
24 ފެބްރުއަރީ 2019 19:51

ގ.އީލާމްގޭ 5 ވަނަ ފަންގިފިލާގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ނިއްވާލައިފި އެވެ.

މިހާދިސާގެ މަޢުލޫމާތު މިއަދު 17:00 ހާއިރު އެމްއެންޑީއެފް އެފްއާރުއެސްއަށް ލިބުމާއެކު ވަގުތުން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. މިގޮތުން ފަޔަރ ފައިޓަރުން އެސަރަހަށްދަށް ގޮސް ކުރި މަސައްކަތުން އެ ގޭގައި ރޯވެފައިވާ އަލިފާން އެއްކޮށް ނިއްވާލާފައި ވަނީ 17:15 ގައެވެ.

މިހާދިސާ ހިނގަން މެދުވެރިވީ ކޮޓަރީގައި ހުރި އެއަރކޮންޑިޝަންގެ އިންޑޯ ޔުނިޓްގައި އަލިފާން ރޯވެ ވެއްޓުމުގެ ސަބަބުންނެވެ. އީލާމް ގޭގައި ހިނގި މިހާދިސާގައި އެ ގޭގައި ބޭނުންކުރާ ފަރުނީޗަރަށާއި އެހެނިހެން ސާމާނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވީނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.