އަންހެން ސިފައިންގެ ޚިދުމަތަށް 30 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ޚާއްޞަ ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިއްޖެ.
28 ފެބްރުއަރީ 2019 20:25

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އަންހެން ސިފައިންގެ ޚިދުމަތަށް 30 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ޚާއްޞަ ހަރަކާތްތަކެއް މާދަމާ ހިންގުމަށް ހަމަޖެހިއްޖެއެވެ.

މި ގޮތުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި  މާރިޗު 1 ވަނަ ދުވަހު އަންހެން ސިފައިންނާއި ސިފައިންގެ ޢާއިލާތަކުން ބައިވެރިވެގެން ކަޅުތުއްކަލާކޮށީގައި ކުޅިވަރުގެ ހަރަކާތްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އާންމުކޮށް ހުޅުވާލެވިގެން، ބަޑިބޭހުގެ ޚާއްޞަ ކުޅިވަރުތަކެއް ސެނަހިޔަ ހޮސްޕިޓަލް ކުރިމަތީ އޮންނަ ހުސް ބިން ސަރަޙައްދުގައި މާދަމާ ރޭ 20:15 ގައި ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި މިމަހު 22 ވަނަ ދުވަހު ރޫޓު މާޗެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އަންހެން ސިފައިންގެ ޚިދުމަތް ދިވެހި އަސްކަރިއްޔާގައި އުފެދިގެންދިޔައީ 65 އަންހެން ސިފައިންނާއެކު 1989 މާރިޗު 1 ވަނަ ދުވަހުއެވެ.