ގއ.ވިލިނގިލި އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ހާލުބޮޑު ކުޑަ ކުއްޖަކު ހެލިކޮޕްޓަރުގައި މާލެ ގެނެސްދީފި
07 މާރޗް 2019 17:44

ގއ.ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ހާލުބޮޑު ކުޑަ ކުއްޖަކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މިއަދު މާލެ ގެނެސްދީފިއެވެ.

އެމްއެންޑީއެފް ސަދަން އޭރިއާގެ އެހީތެރިކަމާއެކު މިއަދު 16:40 ހާއިރު މާލެ ގެނެސްދީފައިވަނީ އުމުރުން 1 އަހަރުގެ އަންހެން ކުއްޖެކެވެ. މި ކުއްޖާ މާލެ ގެނެސްދީފައި ވަނީ ޞިއްޙީ އިތުރު އަވަސް ފަރުވާއަށް މާލެ ގެންދިއުމަށް ގއ.ވިލިނގިލި އަތޮޅު ހޮސްޕިޓަލުން އެ ކުއްޖާ ބެއްލެވި ޑޮކްޓަރުން ލަފާ ދެއްވުމުންނެވެ.

މި ކުއްޖާ މިހާރު ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްދީފައެވެ.