ތ. ވޭމަންޑޫ، އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ހާލުދެރަ ބަލި މީހަކު ހެލިކޮޕްޓަރުގައި މާލެ ގެނެސްދީފި
12 މާރޗް 2019 15:33

ތ.ވޭމަންޑޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ހާލުދެރަ ބަލި މީހަކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މިއަދު މާލެ ގެނެސްދީފިއެވެ.

އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ އެހީތެރިކަމާއެކު މިއަދު 14:23 ހާއިރު މާލެ ގެނެސްދީފައިވަނީ އުމުރުން 52 އަހަރުގެ އަންހެނެކެވެ. މި މީހާ މާލެ ގެނެސްދީފައި ވަނީ ޞިއްޙީ އިތުރު އަވަސް ފަރުވާއަށް މާލެ ގެންދިއުމަށް ތ.އަތޮޅު ހޮސްޕިޓަލުން އެ މީހާ ބެއްލެވި ޑޮކްޓަރުން ލަފާ ދެއްވުމުންނެވެ.

މި ބަލިމީހާ ގޮވައިގެން އައި އެމްއެންޑީއެފްގެ ހެލިކޮޕްޓަރު ޖައްސާފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށެވެ. މި ބަލިމީހާ މިހާރު ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައެވެ.