ދަތުރުކުރަމުންދިޔަ ކޮޅުވެއްޓިއެއްގެ ބުރަފަތީގައި ދަލެއް އޮޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާއިން އެހީތެރިކަން ފޯރުކޮށްދީފި
15 މާރޗް 2019 15:14

ބ.ދަރަވަންދޫއިން ފުރައިގެން ޅ.އަތޮޅުގައި ހަދަމުންދިޔަ ރިސޯޓަކަށް ދަތުރުކުރި "ލިޓަސް 10" ނަމަކަށް ކިޔާ ކޮޅުވެއްޓީގެ ބުރަފަތީގައި ދަލެއް އޮޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މި ހާދިސާގައި ކޮޅުވެއްޓީގެ ބުރަފަތީގައި އޮޅިފައިވާ ދާ ނެއްޓުމުގެ މަސައްކަތް އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ޑައިވަރުން ފަށާފައިވަނީ މިއަދު ހެނދުނު 07:10 ހާއިރުއެވެ. އަދި އޮޅިފައިވާ ދާ ބުރަފަތިން ނައްޓާލެވިފައިވަނީ 10:30 ހާއިރުއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަދި ކޮޅުވެއްޓިއަށްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އަދި ކޮޅުވެއްޓި މިހާރު ދަތުރުކުރަމުންދަނީ ޅ.އަތޮޅުގައި ހަދަމުންދާ ރިސޯޓަށެވެ.