ސައިކަލުތަކެއްގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ނިއްވާލައިފި
21 މާރޗް 2019 04:51

މާފަންނު އިހުސާން ފިހާރަ ކައިރީ ހުރި ސައިކަލުތަކެއްގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން މިރޭ ނިއްވާލައިފިއެވެ.

މިރޭ 03:46 ހާއިރު މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް އެފްއާރުއެސް އަށް ލިބުމާއެކު ފަޔަރމަނުންގެ ޓީމަކުން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. މިގޮތުން ފަޔަރމަނުން ކުރި މަސައްކަތުން  އަލިފާން އެއްކޮށް ނިއްވާލާފައިވަނީ 03:55 ހާއިރުއެވެ.

މި ހާދިސާގައި 6 ސައިކަލެއް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާއިރު 2 ސައިކަލަކަށް އިތުރު ގެއްލުންތައް ވަނީ ލިބިފައެވެ. މީގެ އިތުރުން އަލިފާނުގެ ހާދިސާ ހިނގި ސަރަޙައްދުގައި ހުރި މ.ސަބުދެލި ގޭގެ ގުރައުންޑް ފްލޯގައި ހަދާފައިވާ ގަރާޖުތެރޭގައި އަޅާފައިވާ ހޮޅިތަކެއްގައި އަލިފާން ރޯވެ ގެއްލުންތައް ވެފައިވެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާއިރު މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދަނީ މި ހާދިސާ ތަހުގީގު ކުރަމުންނެވެ.