މަސްވެރިކަން ކުރަމުންދިޔަ ދޯންޏެއްގައި ހުރި ބިދޭސީއަކު ކުއްލިއަކަށް ހާލުބޮޑުވެގެން އެމްއެންޑީއެފް ސަދަން އޭރިއާއިން ސ.ހިތަދޫއަށް ގެންގޮސްދީފީ
21 މާރޗް 2019 18:35

ސ.ގަމުގެ ދެކުނުން 22 ނޯޓިކަލް މޭލު ބޭރުން ދަތުރުކުރަމުންދިޔަ މަސްވެރިކަންކުރާ ދޯންޏެއްގައި ހުރި ބިދޭސީއަކު ކުއްލިއަކަށް ހާލުބޮޑުވެގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެމީހާ ސ.ހިތަދޫއަށް ގެންގޮސްދީފިއެވެ.

މިހާދިސާގެ މަޢުލޫމާތު މިއަދު ހަވީރު 16:14 ހާއިރު ލިބުމާއެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ނޫރައްދީން ލޯންޗް، ޑޮކްޓަރުންގެ ޓީމަކާއެކު ވަގުތުން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. މިހާދިސާގައި ކުއްލިއަކަށް ހާލު ބޮޑުވެފައި ވަނީ ގދ.ތިނަދޫ ދޯންޏެއްކަމުގައިވާ "ޚަޒާނާ" ގައި ހުރި ބިދޭސީއެކެވެ.

އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ނޫރައްދީން ލޯންޗްގައި މި ބަލިމީހާ ސ.ހިތަދޫއަށް ގެންގޮސްދީފައި ވަނީ އިރުއޮއްސި 06:05 ހާއިރުއެވެ.