ގ.ރެޑްޕާލް ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް އެފްއާރުއެސްއިން ހަރަކާތްތެރިވެއްޖެ
10 އޭޕްރީލް 2019 08:34

ގ.ރެޑްޕާލް ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ހަރަކާތްތެރިވެއްޖެއެވެ.

ރޭ މެންދަމު 03:45 ހާއިރު ހިނގި މި ހާދިސާގައި އަލިފާން ރޯވެފައިވަނީ އެ ގޭ ދެވަނަ ފަންގިފިލާއަށް އަރަން ހުންނަ ލަކުޑިން ހަދާފައިވާ ސިޑިއެއްގައެވެ. މި ހާދިސާގައި ރޯވި އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ ރޭ 04:30 ހާއިރުއެވެ.

އަދި އަލިފާނުގެ ހާދިސާ އާ ގުޅިގެން އެ ގޭގައި އެވަގުތު ތިބި މީހުންތައް އިވެކުއޭޓް ކުރުމުގެ މަސައްކަތް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ސަރޗް އެންޑް ރެސްކިއު ޓީމުން ވަނީ ކޮށްފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ އެއް ލިބިފައިނުވާއިރު އެގެޔަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ.