އިންޖީނު ހުއްޓުނު ލޯންޗަކަށް އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފި
17 އޭޕްރީލް 2019 03:07

ކ.އިތާފުށި ކައިރިން ނައިޓް ފިޝިންގއަށް ނިކުމެ އުޅުނު "އޮކްޓޭވް ސްޕީޑް" ނަމަކަށް ކިޔާ 20 ފޫޓްގެ ލޯންޗެއްގެ އިންޖީނު ހުއްޓުމާ ގުޅިގެން، އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއިން، އެ ލޯންޗަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މި ހާދިސާގެ މަޢުލޫމާތު މިރޭ 23:51 ހާއިރު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުމާ ގުޅިގެން، އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ހާބަރކްރާފްޓް ލޯންޗު ވަނީ "އޮކްޓޭވް ސްޕީޑް" ލޯންޗަށް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ. އަދި، އިންޖީނު ހުއްޓުނު ލޯންޗުގެ ވެރިފަރާތާ ގުޅިގެން އެ ލޯންޗު އޮތް ސަރަޙައްދާ ކައިރީގައިވާ ކ.މަނިޔަފުއްޓަށް އެ ލޯންޗު ވަނީ ވައްދާފައެވެ. އަދި، އެ ލޯންޗުގައި ތިބި ފަސް މީހުން އެމްއެންޑީއެފް ކޯސްޓްގާޑު ހާބަރކްރާފްޓް ލޯންޗުގައި މިރޭ ދަންވަރު 02:34 ހާއިރު ވަނީ މާލެ ގެނެސްދީފައެވެ.

މި ހާދިސާ ހިނގިއިރު، އެ ލޯންޗުގައި ތިބީ 5 ދިވެހިންނެވެ. އަދި، އެއިން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.