ސިފައިންގެ ހެވިކަމުގެ ދައްކާލުން މާދަމާ ޖުމުހޫރީމައިދާނުގައި ބާއްވަނީ
25 އޭޕްރީލް 2019 12:00

ސިފައިންގެ 127 ވަނަ އަހަރީ ދުވަހުގެ މުނާޞަބަތުގައި އެމްއެންޑީއެފް ޑްރިލް ސްކޮޮޑްގެ ހެވިކަން ދައްކާލުން މާދަމާ ޖުމުހޫރީމައިދާނުގައި ބާއްވާ ގޮތައް ހަމަޖެހިއްޖެއެވެ.

ހެވިކަން ދައްކާލުން ފެށުމަށް ހަމަޖެހިފައި ވަނީ މާދަމާ (ހުކުރު ދުވަސް) ހަވީރު 16:45 ގައެވެ.

ސިފައިންގެ 127 ވަނަ އަހަރީ ދުވަހުގެ މުނާޞަބަތާއި ގުޅިގެން މާލެއާއި ހުޅުމާލެ ވަނީ ހެވިކަން ދައްކާލާފައެވެ. އަދި މިއަދު ވިލިމާލޭގެ ބަނދަރު ސަރަހައްދުގައި ޑްރިލް ސްކޮޑްގެ ހެވިކަން ދައްކާލުން އޮންނާނެއެވެ. ވިލިމާލޭގައި ބާއްވާ ހެވިކަން ދައްކާލުން ފެށުމަށް ހަމަޖެހިފައި މިއަދު ހަވީރު 16:45 ގައެވެ.

އެމްއެންޑީއެފް ޑްރިލް ސްކޮޑުން ހުށަހަޅައިދޭ ޑްރިލް ޑިސްޕްލޭއަކީ އެއްވެސް ކޮމާންޑެއް ނެތި ހުށަހަޅައިދޭ ހެވިކަމުގެ ހަރަކާތްތަކެކެވެ. މި ޑްރިލް ޑިސްޕްލޭތަކަށް އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.