ޅ.ނައިފަރުން ހާލުބޮޑު ބަލި މީހަކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މާލެ ގެނެސްދީފި
26 އޭޕްރީލް 2019 01:05

ޅ.ނައިފަރުން ހާލުބޮޑު ބަލި މީހަކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މާލެ ގެނެސްދީފިއެވެ.

އެމްއެންޑީއެފް ނޮދަން އޭރިއާގެ އެހީތެރިކަމާއެކު މިއަދު 09:45 ހާއިރު މާލެ ގެނެސްދީފައި ވަނީ އުމުރުން 62 އަހަރުގެ ފިރިހެނެކެވެ. މި މީހާ މާލެ ގެނެސްދީފައި ވަނީ އަވަސް ފަރުވާއަށް މާލެ ގެންދިއުމަށް ޅ.އަތޮޅު ހޮސްޕިޓަލުން އެމީހާ ބެއްލެވި ޑޮކްޓަރުން ލަފާ ދެއްވުމުންނެވެ.

މި މީހާ މިހާރު ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންދެވިފައެވެ.


Video : 4th Indian Ocean Conference...