ބޭރުގެ އާގު ބޯޓެއްގައި އޮތް ހާލުބޮޑު ބަލި މީހަކަށް އެމްއެންޑީއެފް ސަދަން އޭރިއާގެ އިން އެހީތެރިކަން ފޯރުކޮށްދީފި
03 މެއި 2019 16:45

އިންޑިއާ އިން ފުރައިގެން ސައުތު އެފްރިކާއަށް ދަތުރުކުރަމުންދިޔަ ނޯވޭގެ އާގު ބޯޓެއްގައި އޮތް ހާލުބޮޑު ބަލި މީހަކު ސިއްހީ އަވަސް ފަރުވާއަށް، އެމްއެންޑީއެފް ސަދަން އޭރިއާގެ އެހީތެރިކަމާއެކު ސ.ހިތަދޫއަށް ގެންގޮސްދީފިއެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައި ވަނީ މިއަދު ހެނދުނު 09:10 ހާއިރު އެވެ. ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ހުއްދައާއި އެކު މި ބޯޓު ސ.ހިތަދޫގެ ދެކުނުން 2 ނޯޓިކަލް މޭލާއި ހަމައަށް ކައިރި ކުރުމުން އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ވަނީ ބޯޓު އޮތް ސަރަހައްދަށް ގޮސް އެ ބަލި މީހާ އެމްއެންޑީއެފް އުޅަނދަށް ނަގާފައެވެ.

ފިލިޕީންސް އަށް އުފަން އުމުރުން 49 އަހަރުގެ މި ފިރިހެން މީހާ، އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑްގެ އެހީތެރިކަމާއެކު ހިތަދޫއަށް ގެންގޮސްދީފައި ވަނީ މިއަދު 16:20 ހާއިރުއެވެ.

ސިއްހީ އަވަސް ފަރުވާ ދިނުމަށް މި މީހާ ސ.ހިތަދޫއަށް ގެނެސްދީފައި ވަނީ އުސް ހަރުގަނޑަކުން ބޯޓުތެރެއަށް ވެއްޓި ލިބުނު ޒަހަމްތަކަކާއި ގުޅިގެނެވެ.


Video : 4th Indian Ocean Conference...