އައްޑޫސިޓީ ހިތަދޫ ކުނިގޮނޑުގައި ރޯވުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ހަރަކާތްތެރިވެއްޖެ
17 މެއި 2019 13:51

އައްޑޫސިޓީ ހިތަދޫ ކުނިގޮނޑުގައި ރޯވުމާ ގުޅިގެން، އެމްއެންޑީއެފް ސަދަން އޭރިއާ، ސ.ހިތަދޫ ފަޔަރ ސްޓޭޝަނުގެ ސިފައިން ހަރަކާތްތެރިވެ، ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލްކޮށްފިއެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ސަދަން އޭރިއާއަށް ލިބިފައިވަނީ މިއަދު ހެނދުނު 06:32 ހާއިރުއެވެ. އަދި، ހާދިސާގެ މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް ސަދަން އޭރިއާ، ސ.ހިތަދޫ ފަޔަރ ސްޓޭޝަންގެ ސިފައިން އެ ސަރަޙައްދަށް ގޮސް، ފަޔަރ ފައިޓަރުން ކުރި މަސައްކަތުން ރޯވެފައިހުރި އަލިފާންގަނޑު ވަނީ ނިއްވާލާފައެވެ. އަދި، އިތުރަށް އަލިފާން ނުފެތުރޭނެ ގޮތަށް، ވެމްކޯގެ އެހީތެރިކަމާއެކު، އެސަރަޙައްދުގައި ހުރި ކުނިތައް ވަކިކުރުމުގެ މަސައްކަތް ވެސް އެމްއެންޑީއެފްގެ ފަޔަރ ފައިޓަރުންގެ ޓީމުން ވަނީ ކޮށްފައެވެ.

މި ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް އަދި ތަނަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.


Video : 4th Indian Ocean Conference...