އެމްއެންޑީއެފް އާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ތަމްރީންތަކެއް ކުރިއަށްގެންދާ ގޮތަށް ހަމަޖެހިއްޖެ
20 މެއި 2019 14:10

އެމްއެންޑީއެފް އާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ތިން ދުވަހުގެ ތަމްރީންތަކެއް ކުރިއަށްގެންދާ ގޮތަށް ހަމަޖެހިއްޖެއެވެ.

މި ތަމްރީނުތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހު 21 ވަނަ ދުވަހުގެ 18:00 ން 23 ވަނަ ދުވަހުގެ 6:00 އަށެވެ.

މި ތަމްރީނުތަކުގެ ފަރިތަކުރުންތައް ކުރިއަށްދާނީ މާލެ ސިޓީގެ އިތުރުން ރާއްޖޭގެ އަތޮޅުތަކުގެ އެއްގަމާ ކަނޑުގެ ސަރަހައްދުގައެވެ. މިގޮތުން މި ތަމްރީނުތަކުގައި އެމްއެންޑީއެފާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން އެއްގަމާއި ކަނޑުގެ އުޅަނދުތައް ޗެކްކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ތަމްރީންތައް ކުރިއަށްދާ ދުވަސްތަކުގައި ސިފައިން ހަތިޔާރާއި އެކު ހަރަކާތްތެރިވުމަށް ވަނީ ހަމަޖެހިފައެވެ.


Video : 4th Indian Ocean Conference...