ގިރިއަކަށް އެރި ދޯންޏެއް އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ އެހީތެރިކަމާއެކު ފުންކޮށްދީފި
21 މެއި 2019 01:05

މަސްވެރިކަމަށްފަހު ދ.ކުޑަހުވަދޫއަށް ދަތުރުކުރަމުންދިޔަ "ޖިހާދު" ނަމަކަށް ކިޔާ ދޯންޏެއް މ.އަތޮޅުގައި އޮންނަ ޗާޔާ ލެގޫން ހަކުރާ ހުރާ ކައިރީ އޮތް ގިރިއަކަށް އެރުމާ ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު ފުންކޮށްދީފިއެވެ.

މިރޭ 23:50 ހާއިރު މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބުމާއެކު ސެންޓްރަލް އޭރިއާގެ ސިފައިން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ.

މި ހާދިސާގައި ފަރަށް އެރި 65 ފޫޓުގެ ޖިހާދު ދޯނި ފުން ވެފައިވަނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިންނާއި ދޯނީގެ ކުރޫއިން ކުރި މަސައްކަތުން މިރޭ 00:50 ހާއިރުއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާއިރު ދޯންނަށްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.