އެމްއެންޑީއެފްގެ ނޫސް ބަޔާން
21 މެއި 2019 23:03

އެމްއެންޑީއެފާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ހިންގާ ތަމްރީންތަކާ ގުޅޭ.

މިދިޔަ އެޕްރީލް މަހުގެ 21 ވަނަ ދުވަހު ސްރީލަންކާގައި ދިން ނިރުބަވެރި ހަމަލާ އާ ގުޅިގެން އެމްއެންޑީއެފާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ކުރިއަށްގެންދާ ސިލްސިލާ ފަރިތަކުރުންތައް ފަށާފައިވަނީ 05 މެއި 2019 ގައެވެ. އަދި މިއަދު މި ފެށުނީ މި ސިލްސިލާގެ ދެވަނަ ތަމްރީނުތަކެވެ. ކުރިއަށް ގެންދެވޭ މި ފަރިތަކުރުންތަކަކީ ވަކި އިތުރު ކަމެއް މެދުވެރިގެން ކުރިއަށްގެންދާ ފަރިތަކުރުންތަކެއް ނޫންކަމުގައި ދަންނަވަމެވެ. އެހެންނަމަވެސް އެއްވެސް ހާލަތެއްގައި ޝައްކުވާ ޒާތުގެ ކަމެއް ހިނގާނަމަ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ހިލޭ ގުޅޭ ނަންބަރު: 1615 އަށް ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހިލޭ ގުޅޭ ނަންބަރު 119 އަށް ގުޅުއްވައި މަޢުލޫމާތު ހިއްސާކުރެއްވުމަށް އިލްތިމާސް ކުރަމެވެ.