ފަރަށް އެރި މުދާއުފުލާ ދޯންޏެއް ދިޔަވާތީ އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަން އިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި
25 ޖޫން 2019 16:01

އައްޑޫ ސިޓީން ފުރައިގެން މާލެއަށް ދަތުރުކުރި 90 ފޫޓުގެ "ވައިޓް ސްޓަރ" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް، ވ.އާރަށް ކައިރިން ފަރަކަށް އެރުމާ ގުޅިގެން، އެ ދޯންޏަށް ދިޔާވާތީ މާލެ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަން އިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ ރޭ ފަތިހު 4:21 ހާއިރުއެވެ. މި ހާދިސާގެ މަޢުލޫމާތު ލިބުމާ އެކު އެމްއެންޑީއެފް މާލޭ އޭރިއާގެ ކޯސްޓްގާޑް ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް "ދޮށިމޭނާ" ގައި ކޯސްޓްގާޑްގެ ޑައިވަރުންގެ ޓީމެއް ވަނީ އެސަރަހައްދަށް ގޮސް މި ދޯންޏަށްް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ.

މި ދޯނި ދިޔަވާން ފެށީ ފަަރަށް އަރައި ދޯންޏަށް ލިބުނު ގެއްލުންތަކާއި ގުޅިގެންނެވެ. މި ދޯނި ފަރަށް އެރުމާ އެކު، ދޯނީގެ ފަޅުވެރިން ކުރި މަސައްކަތުން ދޯނި ފުންކޮށް، ވ.އާރަށު ބަނދަރަށް ވަނީ ވައްދާފައެވެ. އަދި ދޯންޏަށް ލިބިފައިވާ ގެއްލުންތައް އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުންގެ ޓީމުން މިހާރު ދަނީ ބަލަމުންނެވެ.

މިހާދިސާ ހިނގިއިރު އެ ދޯނީގައި، ދިވެއްސަކާއި 4 ބިދޭސީން ތިއްބެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.


Video : 4th Indian Ocean Conference...