އެމްއެންޑީއެފް އިން ކުރިއަށްގެންދާ
26 ޖޫން 2019 19:47

ރ. މީދޫގައި އެމްއެންޑީއެފް އިން ކުރިއަށްގެންދާ "އެކްސަސައިޒް ރަންނަމާރި ހަންޓް 2019" ކުރިއަށް ދާގޮތް ބައްލަވާލެއްވުމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް މިއަދު މެންދުރު ފަހު ރ. މީދޫއަށް ވަޑައިގެންފިއެވެ.

މިމަހުގެ 23 އިން 27 އަށް، ކުރިއަށް ގެންދާ މި ތަމްރީންތަކުގެ ބައިތައް ކުރިއަށްގެންގޮސްފައިވަނީ މާލޭ އޭރިއާއިން މާލެ، ވިލިމާލެ، ހުޅުލެ، ހުޅުމާލެ އަދި، ކ. ތިލަފުށި ސަރަޙައްދުގައެވެ. އަދި ނޮދަން އޭރިއާއިން ޅ. އަދި ރ. އަތޮޅުގައެވެ.

އެކްސަސައިޒް ރަންނަމާރި ހަންޓްގެ އެންމެ ފަހުގެ ތަމްރީންތައް ކުރިއަށްގެންދަނީ ރ. އަތޮޅު މީދޫގައެވެ. މި އެކްސަސައިޒްގައި ސިފައިން ހަރަކާތްތެރި ވާއިރު، ސިމިއުލޭޝަންގެ ގޮތުގައި ސިފައިން ބޭނުންކުރާ ހަތިޔާރާއި ގޮވާތަކެތި އެއްގަމާއި ކަނޑުގައި ބޭނުންކުރަމުން ދާނެއެވެ. މި އެކްސަސައިޒް ނިންމާލުމަށް ހަމަޖެހިފައިވަނީ މާދަމައެވެ.

މި ދަތުރުފުޅުގައި ޗީފް އޮފް ޑިފެންސް ފޯސްގެ އަރިހުގައި އެމްއެންޑީއެފް މާލެ އޭރިއާގެ ކޮމާންޑަރ ކާނަލް ޢާބްދުލް ރައޫފް  އާއި އެމްއެންޑީއެފް ނޮދަން އޭރިއާގެ ކޮމާންޑަރ ކާނަލް އިސްމާއިލް ޝަރީފް ބައިވެރިވެ ވަޑައިގެންނެވިއެވެ.


Video : 4th Indian Ocean Conference...