ޗީފް އޮފް ޑިފެންސް ފޯސް އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ނިއުދިއްލީގައި ހުންނަ އިންޓަރގްރޭޓެޑް ހެޑްކްއޯޓާރޒްއަށް ޒިޔާރަތްކުރައްވައިފި
04 ޖުލައި 2019 20:10

ޗީފް އޮފް ޑިފެންސް ފޯސް އިންޑިއާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި ނިއުދިއްލީގައި ހުންނަ އިންޓަރގްރޭޓެޑް ހެޑްކްއޯޓަރޒް އޮފް ޑިފެންސް ސްޓާފް، ސައުތް ބުލޮކަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.

މި ޒިޔާރާތުގައި އެ ހެޑްކްއޯޓަރޒްއިން، ޗީފް އޮފް ޑިފެންސް ފޯސް އަށް ވަނީ އޮނަރ ގާރޑެއް އަރުވައި ވަރަށް ހޫނު މަރުޙަބާއެއް ދައްނަވާފައެވެ. އަދި ހެޑްކްއޯޓަރޒްގައި މެހެމާނުން ސޮއި ކުރައްވާ ފޮތުގައި އެމަނިކުފާނު ވަނީ ސޮއިކުރައްވާފައެވެ.

މީގެ އިތުރުން، މިއަދު ޗީފް އޮފް ޑިފެންސް ފޯސް ވަނީ ދިއްލީގައި ހުއްނަ ވޯރ މެމޯރިއަލްއަށް ޒިޔާރާތްކުރައްވާ، އެތަނުގައި ގާއިމްކޮށްފައިވާ ޝަހީދުންގެ ބިނާއަށް އިޙްތިރާމްގެ ޒިޔާރަތެއް ވެސް ކުރައްވާފައެވެ.

ޗީފް އޮފް ޑިފެންސް ފޯސް އިންޑިއާއަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅަކީ، އިންޑިއާގެ ޗެއަރމަން އޮފް ދަ ޗީފް އޮފް ސްޓާފް ކޮމެޓީގެ ދައުވަތަކަށް ކުރައްވާ 5 ދުވަހުގެ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އިންޑިއާގެ ނޭޝަނަލް ޑިފެންސް ކޮލެޖް (އެންޑީއައި) އާއި، އިންޑިއާގެ އިންސްޓިޓިއުޓް ފޮރ ޑިފެންސް ސްޓަޑީޒް އެންޑް އެނަލިސިސް (އައިޑީއެސްއޭ) އަށް ޒިޔާރަތްކުރައްވައި، ލެކްޗަރއެއް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ

.


Video : 4th Indian Ocean Conference...