ޗީފް އޮފް ޑިފެންސް ފޯސް، އިންޑިއާގެ ޗީފް އޮފް ސްޓާފް ކޮމިޓީގެ ބޭފުޅުންނާއި ބައްދަލުކުރައްވައިފި
05 ޖުލައި 2019 08:22

އިންޑިއާގެ އަސްކަރިއްޔާގެ ދަޢުވަތަކަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް، އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ ޗެއަރމަން އޮފް ދަ ޗީފް އޮފް ސްޓާފް ކޮމެޓީގެ ބޭފުޅުންނާއި ބައްދަލުކުރައްވައިފިއެވެ.

އިއްޔެ ބޭއްވެވި މި ބައްދަލުކުރެއްވެވުމުގައި ދެ ޤައުމުގެ އަސްކަރީ ގުޅުން އިތުރަށް ތަރައްޤީކޮށް ދިވެހި އަސްކަރިއްޔާގެ އިންސާނީ ވަސީލަތް ތަރައްޤީކުރުމަށް ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާ ކުރައްވާފައެވެ.

ވަކިވަކިން ބޭއްވެވި މި ބައްދަލުކުރެއްވުންތަކުގައި އިންޑިއާގެ ޗީފް އޮފް ސްޓާފް ކޮމެޓީގެ ޗެއަރމަންއާއި ޗީފް އޮފް އެއަރ ސްޓާފްއާއި ޗީފް އޮފް އާރމީ ސްޓާފް އަދި ޗީފް އޮފް ނޭވަލް ސްޓާފް އާއި ވަނީ ބައްދަލުކުރައްވާފައެވެ.

ޗީފް އޮފް ޑިފެންސް ފޯސް އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅުގައި އިންޑިއާގެ ނޭޝަނަލް ޑިފެންސް ކޮލެޖް (އެންޑީއައި) އާއި، އިންޑިއާގެ އިންސްޓިޓިއުޓް ފޮރ ޑިފެންސް ސްޓަޑީޒް އެންޑް އެނަލިސިސް (އައިޑީއެސްއޭ) އަށް ޒިޔާރަތްކުރައްވައި، ލެކްޗަރއެއް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ބައްދަލުކުރެއްވުންތަކުގައި ޗީފް އޮފް ޑިފެންސް ފޯސްގެ އަރިހުގައި އެމްއެންޑީއެފް ސަރވިސް ކޯގެ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް ޙާމިދު ސަފީޤު ބައިވެރިވެވަޑައިގެންނެވިއެވެ.


Video : 4th Indian Ocean Conference...