ޗީފް އޮފް ޑިފެންސް ފޯސް، އިންޑިއާގެ އިންސްޓިޓިއުޓް ފޮރ ޑިފެންސް ސްޓަޑީޒް އެންޑް އެނަލިސިސްގައި ތަޤުރީރު ކުރައްވައިފި
05 ޖުލައި 2019 22:24

ޗީފް އޮފް ޑިފެންސް ފޯސް، އިންޑިއާގެ އިންސްޓިޓިއުޓް ފޮރ ޑިފެންސް ސްޓަޑީޒް އެންޑް އެނަލިސިސް (އައިޑީއެސްއޭ) ގައި މިއަދު ތަޤުރީރު ކުރައްވައިފިއެވެ.

ކުދި ޤައުމުތަކުގެ ޤައުމީ ސަލާމަތާއި ރައްކާތެރިކަމަށް ހުރި ގޮންޖެހުންތަކާ ގުޅޭ މަޢުލޫއަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނަރަލް އަބްދުﷲ ޝަމާލް ވަނީ ތަޤުރީރުކުރައްވާފައެވެ. އަދި މި ތަޤުރީރަށްފަހު ބައިވެރިންގެ ސުވާލާއި ޖަވާބު ސެޝަނެއް ވަނީ ކުރިއަށް ގެންދަވާފައެވެ.

މިއަދު އައިޑީއެސްއޭގައި ކުރިއަށްދިޔަ ސެޝަން ފެށުމުގެ ގޮތުން ވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްގެ ތަޢާރަފެއް ބައިވެރިންނަށް އަރުވާފައެވެ. މި ސެޝަންގައި ޗީފް އޮފް ޑިފެންސް ފޯސް އަރިހުގައި އައިޑީއެސްއޭގެ ޑައިރެކްޓަރ ޖެނެރަލް ސުޖާން އާރު.ޗިނޯއީގެ އިތުރުން  އެމްއެންޑީއެފް ސަރވިސް ކޯރގެ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް ޙާމިދު ސަފީޤު އާއި ޕްލޭނިންގ އެންޑް ޕޮލިސީ އެންޑްް ރިޝޯސް މެނޭޖްމެންޓް (J5/J8) ގެ ޑައިރެކްޓަރ މޭޖަރ ހަސަން އާމިރު ބައިވެރިވެވަޑައިގެންނެވިއެވެ.

ޗީފް އޮފް ޑިފެންސް ފޯސް އިންޑިއާއަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅަކީ، އިންޑިއާގެ ޗެއަރމަން އޮފް ދަ ޗީފް އޮފް ސްޓާފް ކޮމެޓީގެ ދައުވަތަކަށް ކުރައްވާ 5 ދުވަހުގެ ދަތުރުފުޅެކެވެ.