ދަތުރުކުރަމުންދިޔަ ލޯންޗް ފެރީއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ނޮދަން އޭރިއާއިން އެހީތެރިކަން ފޯރުކޮށްދީފި
15 ޖުލައި 2019 13:17

މާލެއިން ފުރައިގެން ށ.އަތޮޅަށް ދަތުރުކުރި "ނިޒާމް" ނަމަކަށް ކިޔާ ލޯންޗް ފެރީގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ނޮދަން އޭރިއާއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މިހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާއަށް ލިބިފައި ވަނީ މިއަދު ހަވީރު 16:24 ހާއިރުއެވެ. މި ފެރީގައި އަލިފާން ރޯވެފައިވަނީ ޅ.މާފިލާފުށި ކައިރިންނެވެ. މި ހާދިސާގައި އަލިފާން ރޯވެފައި ވަނީ ފެރީގެ އިންޖީންރޫމްގައި ހުރި ބެޓެރީއެއްގައެވެ. އަދި ލޯންޗްގައި ރޯވި އަލިފާން ލޯންޗްގެ ފަޅުވެރިން ކުރި މަސައްކަތުން ވަނީ ނިއްވާލާފައެވެ.

މި ހާދިސާ ހިނގިއިރު ލޯންޗް ފެރީން ދަތުރުކުރީ، 10 އަންހެނުންނާއި 4 ކުޑަކުދިންނާއި އަދި 5 ފިރިހެނުންނާއެކު ޖުމްލަ 19 މީހުންނެވެ. މިއަދު ހަވީރު 17:18 ހާއިރު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ހާބަރ ކްރާފްޓްގައި، އެ ލޯންޗް ފެރީގައި ތިބި މީހުން ވަނީ ޅ.ނައިފަރަށް ގެންގޮސްދީފައެވެ. އަދި ފެރީ ލޯންޗް ވެސް ވަނީ ޅ.ނައިފަރަށް ވަދެފައެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވެއެވެ.


Video : 4th Indian Ocean Conference...