ނަގިލި ނަގަން މޫދަށް ފޭބި މީހެއްގެ ޚަބަރެއް ނުވެގެން އެމީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ފަށައިފި
19 ޖުލައި 2019 10:10

ކ.ގުޅި ފަޅުގައި އަޅާފައި އޮތް "ސާހިބާ" ނަމަކަށްކިޔާ މަސް ދޯންޏެއްގެ ނަގިލި ނަގަން މޫދަށް ފޭބި ފަޅުވެރިއެއްގެ ޚަބަރެއް ނުވެގެން އެމީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ފަށައިފިއެވެ.

މި ހާދިސާގެ މަޢުލޫމާތު މިއަދު 08:50 ހާއިރު އެމްއެންޑީއެފް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުމާއެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ޑައިވަރުންގެ ޓީމެއް ވަނީ އެ ސަރަހައްދަށްގޮސް ހަރަކާތްތެރިވާން ފަށާފައެވެ.

މި ހާދިސާގައި ޚަބަރެއް ނުވެގެން ހޯދަމުންދަނީ އެ ދޯނީގައި މަސައްކަތްކުރާ ބިދޭސީ ފަޅުވެރިއެކެވެ. މޫދަށް ފޭބި އިރު މި މީހާ ލައިގެން ހުރީ ކަޅުލައިގެ ސޯޓެއް ކަމަށާއި އަދި ރީނދޫ ކުލައްގެ މާސްކެއް އަޅާފައި ވާކަމަށް ދޯނީގެ ކެޕްޓަން އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދެއެވެ.

މި ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން މިމީހާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެ ނަމަ ލަސްނުކުރައްވައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 ގުޅުއްވައި ދެއްވުން އެދެމެވެ.


Video : 4th Indian Ocean Conference...