ޑީކޯވި ޒުވާނަކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މާލެ ގެނެސްދީފި
27 ޖުލައި 2019 06:12

ޑީކޮމްޕްރެސް ސިކްނެސް (ޑިކޯ) ވެގެން ގދ.ތިނަދޫ ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ޒުވާނަކު ސިއްޙީ އަވަސް ފަރުވާއަށް އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މާލެ ގެނެސްދީފިއެވެ.

މިއަދު ހެނދުނު 10:15 ހާއިރު މާލެ ގެނެސްދީފައި ވަނީ އުމުރުން 26 އަހަރުގެ ފިރިހެނެކެވެ. މި މީހާ މާލެ ގެނެސްދީފައި ވަނީ މި މީހާ ބެއްލެވި ޑޮކްޓަރުން އިތުރު ފަރުވާއަށް މާލެ ގެންދިއުމަށް ލަފާދެއްވުމާ ގުޅިގެންނެވެ.

ގދ. ގައްދޫއަށް އުފަން މި ޒުވާނާ ވަނީ އިއްޔެ ހަވީރު ގާތްގަނޑަކަށް 16:00 ހާއިރު 57.7 މީޓަރު ފުނަށް 51 މިނެޓް ވަންދެން ޑައިވްކޮށްފައެވެ. މި ޒުވާނާ ޑައިވްކުރިތާ ބައިގަޑިއިރު ފަހުން ވާތު ކޮނޑުގައި ކުއްލިއަކަށް ރިއްސަން ފަށައި ގައިގެ ހަކަތަ ދަށްވެ، އުނގަނޑުން ތިރި ވާގިދޫވާގޮތް މެދުވެރިވެގެން ގދ.ގައްދޫ ސިއްޙީ މަރުކަޒުން ވަނީ ފަރުވާ ހޯދާފައެވެ. އަދި އިތުރު ފަރުވާއަށް އިއްޔެ ވަނީ ގދ. ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދެވިފައެވެ.

މާލެ ގެނެވުނު މިޒުވާނާ މިހާރު ވަނީ އެމްއެންޑީއެފް މާލެ އޭރިއާގެ އެހީތެރިކަމާއެކު އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލަށް ގެންދެވިފައެވެ.


Video : 4th Indian Ocean Conference...