ހ.ޓެންސްޓަރ ގޭގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ނިއްވާލައިފި
03 އޯގަސްޓް 2019 10:02

ހ.ޓެންސްޓާރ ގޭގެ 6 ވަނަ ފަންގިފިލާގެ ޓެރަސްގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ނިއްވާލައިފި އެވެ.

މި ހާދިސާގެ މަޢުލޫމާތު މިއަދު ހެނދުނު 11:11 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއަށް ލިބުމާ ގުޅިގެން ވަގުތުން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. މިގޮތުން އެގެއަށް ގޮސް ފަޔަރ ފައިޓުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވިފައި ވަނީ މިއަދު ހެނދުނު 11:35 ހާއިރުއެވެ. މިހާދިސާގައި އަލިފާން ރޯވެފައި ވަނީ ހ.ޓެންސްޓަރ ގޭގެ 6 ވަނަ ފަންގިފިލާގެ ޓެރަސްގައި ހުރި ގެ ގަނޑެއްގައެވެ.

މިހާދިސާގައި އެތަނަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާއިރު އެއްވެސް މީހަކަށް މިހާދިސާގެ ސަބަބުން އަނިޔާއެއް ލިބިފައި ނުވެއެވެ. މިހާދިސާ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދަނީ އިތުރަށް ތަޙުގީގު ކުރަމުންނެވެ.


Video : 4th Indian Ocean Conference...