ހދ.ކުޅުދުއްފުށީ ބަނދަރުގައި އޮތް ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ނޮދަން އޭރިޔާއިން ހަރަކާތްތެރިވެއްޖެ
06 އޯގަސްޓް 2019 12:04

ހދ. ކުޅުދުއްފުށީ އުތުރު ބަނދަރުގައި އަޅާފައިއޮތް ލޯންޗެއްގައި އަލިފާނުގެ ހާދިސާއެެއް ހިނގުމާއި ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ހދ. ކުޅުދުއްފުށި ފަޔަރ ސްޓޭޝަންގެ ފަޔަރ މަނުން ހަރަކާތްތެރިވެއްޖެއެވެ.

މި ހާދިސާގެ މަޢުލޫމާތު މިއަދު 10:20 ހާއިރު ލިބުމާއި އެކު ހދ. ކުޅުދުއްފުށި ފަޔަރ ސްޓޭޝަންގެ ފަޔަރ މަނުން ހަރަކާތްތެރިވެ ރޯވި އަލިފާން ކޮންޓްރޯލް ކޮށްފައިވަނީ މިއަދު 10:40 ހާއިރުއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ހދ. ނޭކުރެންދޫ އަށް ނިސްބަތްވާ މި ލޯންޗުގައި މި ހާދިސާ ހިނގަން މެދުވެރިވެފައިވަނީ ލޯންޗުގައި ވެލްޑިންގ މަސައްކަތެއް ކުރުމުގެ ތެރޭގައި ލޯންޗުގެ އިންޖީނު ޕެޓްރޯލް ޓޭންކުގެ ހޮޅިއެއްގައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް އިން ދަނީ މި ހާދިސާ އިތުރަށް ތަހުގީގުކުރަމުންނެވެ.


Video : 4th Indian Ocean Conference...