ސްރީލަންކާއާއި ތައިލެންޑަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ޗީފް އޮފް ޑިފެންސް ފޯސް ރާއްޖެ ވަޑައިގަންނަވައިފި
31 އޯގަސްޓް 2019 21:09

ސްރީލަންކާއާއި ތައިލެންޑަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް، މިރޭ ރާއްޖެ ވަޑައިގަންނަވައިފިއެވެ.

މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންނެވުމުން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ޗީފް އޮފް ޑިފެންސް ފޯސްއަށް މަރުހަބާ ދެންނެވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފާއި ސީނިއަރ އޮފިސަރުންނެވެ.

ޗީފް އޮފް ޑިފެންސް ފޯސް، ތައިލެންޑަށް ކުރެއްވި ރަސްމީ ދަތުރުފުޅަކީ، މިމަހުގެ 26 އިން 28 އަށް ތައިލެންޑުގައި ކުރިއަށްދިޔަ "އިންޑޯ ޕެސިފިކް ޗީފްސް އޮފް ޑިފެންސް (ޗޮޑް) ކޮންފަރެންސް" ގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.

އަދި ސްރީލަންކާއަށް މިމަހުގެ 29 އިން 30 އަށް ކުރެއްވި ދަތުރުފުޅަކީ ސްރީލަންކާ އަސްކަރިއްޔާގެ އާމީ ކޮމާންޑަރގެ ޚާއްޞަ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. މ ދަތުރުފުޅުގެ ތެރެއިން ޗީފް އޮފް ޑިފެންސް ފޯސް ވަނީ ސްރީލަންކާގައި ކުރިއަށްދިޔަ "ދަ ކޮލަމްބޯ ޑިފެންސް ސެމިނަރ 2019" ގައި ޚާއްޞަ މެހުމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާފައެވެ.


Video : 4th Indian Ocean Conference...