މާލެއަށް ދަތުރުކުރި ފެރީ ލޯންޗެއް ފަރަށް އަރައިގެން އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި
08 ސެޕްޓެމްބަރ 2019 05:15

ނ.އަތޮޅުން ފުރައިގެން މާލެ ދަތުރުކުރި "ކޮންފޯޓް އެކްސްޕްރެސް އެމްއެޗް 1" ނަމަކަށް ކިޔާ ފެރީ ލޯންޗެއް މާލެ އަތޮޅު ކަގި މޯލްޑިވްސް ރިސޯޓްގެ ހުޅަނގު ފަރާތު ފަރަށް އެރުމާ ގުޅިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މި ހާދިސާގެ މަޢުލޫމާތު ރޭ 21:46 ހާއިރު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުމާއެކު އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ވަނީ ވަގުތުން ހަރަކާތްތެރިވާން ފަށާފައެވެ. މިގޮތުން ހާބަރކްރާފްޓް ލޯންޗާއި އަދި އެމްއެންޑީއެފް ކޯސްޓްގާޑް ސީ އެމްބިއުލާންސް ވަނީ އެސަރަހައްދަށް ގޮސް ފަރަށްއެރި ލޯންޗަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. މި ލޯންޗުން ޖުމްލަ 38 މީހުން ދަތުރުކުރިއިރު، އޭގެ ތެރޭގައި 11 އަންހެނުންނާއި  4 ކުޑަކުދިން ވެސް ހިމެނެވެ.

އެމްއެންޑީއެފް ކޯސްޓްގާޑްގެ ސީ އެމްބިއުލާންސްގައި އެ ލޯންޗުން ދަތުރުކުރި މީހުން ދަންވަރު 02:10 ހާއިރު ވަނީ މާލެ ގެނެސްދީފައެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވެއެވެ. ލޯންޗްގެ ވެރިފަރާތުން ހޯދި އުޅަނދެއްގެ އެހީގައި ލޯންޗް ފުންކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.


Video : 4th Indian Ocean Conference...