ގޯއާ މެރިޓައިމް ކޮންކްލޭވްގައި ޗީފް އޮފް ޑިފެންސް ފޯސް ތަޤުރީރުކުރައްވާ ގޮތަށް ހަމަޖެހިއްޖެ
04 އޮކްޓޯބަރ 2019 19:05

އިންޑިއާގެ ގޯއާގައި ކުރިއަށްދާ ދެވަނަ ގޯއާ މެރިޓައިމް ކޮންކްލޭވްގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދު ﷲ ޝަމާލް، މާދަމާ ތަޤުރީރުކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ގޯއާ މެރިޓައިމް ކޮންކްލޭވްގެ މިފަހަރުގެ ތީމަކީ "ކޮމަން މެރިޓައިމް ޕްރިއޯރިޓީސް އިން އިންޑިއަން އޯޝަން ރީޖަން އެންޑް ނީޑް ފޯރ ރީޖަނަލް މެރިޓައިމް ސެކިޔުރިޓީ" އެވެ.

މިމަހުގެ 3 އިން 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްދާ މި ކޮންކްލޭވްގައި އިންޑިއަން އޯޝަން ރީޖަންއަށް ނިސްބަތްވާ ވަރަށް ގިނަ ޤައުމުތަކުގެ ނޭވީ ޗީފުންގެ އިތުރުން މެރިޓައިމް ސެކިއުރިޓީ އަދި މެރިޓައިމް ސްޓްރެޓެޖީގެ އެކްސްޕާރޓުންނާއި ސްކޮލާރސްއިން ބައިވެރިވެވަޑައިގަންނަވައެވެ. މިގޮތުން، މި ކޮންކްލޭވްގައި އިންޑޮނޭޝިއާ، މެލޭޝިއާ، ސިންގަޕޯރ، ތައިލޭންޑުގެ އިތުރުން ބަންގުލަދޭޝް، މިޔަންމާ، ސްރީލަންކާ އަދި ދިވެހިރާއްޖެ، ސީޝެލްސް، މޮރިސަސްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.


Video : 4th Indian Ocean Conference...