ތަމްރީނު ހަދަމުންދިޔަ ސިފައިންގެ ބޭކަލަކު ނިޔާވެއްޖެ
05 އޮކްޓޯބަރ 2019 06:07

ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި ތަމްރީނު ހަދަމުން ދިޔަ ސްޓާފް ސާޖަންޓް ޢަލީ ރިޔާޒް ނިޔާވެއްޖެއެވެ.

މިއަދު ހެނދުނު ނިޔާވެފައި ވަނީ އެމްއެންޑީއެފްގެ މެރިން ޑިޕްލޮއިމަންޓް ޔުނިޓް (އެމްޑީޔޫ) 2 ގައި މަސައްކަތް ކުރައްވާ ސްޓާފް ސާޖަންޓް ޢަލީ ރިޔާޒް އެވެ. ސްޓާފް ސާޖަންޓް ޢަލީ ރިޔާޒް މިއަދު ހެނދުނު ހުޅުމާލޭގައި އޮތް ބީއެފްޓީ ޓެސްޓެއް ވަނީ ޖަހާފައެވެ. އަދި ހެނދުނު އެނބުރި ގިރިފުއްޓަށް ގޮސް، ބަނޑަށް ވައިގެ އުނދަގޫތަކެއް ވާކަމަށް ކައިރީގައި ހުރި ދަރިވަރަކު ކައިރީގައި ބުނިތަނާހެން ގައިން ވަރުދޫވެގެން ވެއްޓުނެވެ. ވަގުތުން އިމަޖެންސީގައި ސްޓާފް ސާޖަންޓް ރިޔާޒް މާލެ ގެނެވި އޭޑީކޭ ހޮސްޕިޓަލަށް ވަނީ ގެންދެވިފައެވެ.


Video : 4th Indian Ocean Conference...