މާލޭ އުތުރު ހާބަރުގައި ބަނދަރުކޮށްފައިވާ އުޅަނދުފަހަރުގެ ފަޅުވެރިންނަށް ފަޔަރ އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
05 އޮކްޓޯބަރ 2019 13:39

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މާލޭ އުތުރު ހާބަރުގައި ބަނދަރުކޮށްފައިވާ އުޅަނދުފަހަރުގެ ފަޅުވެރިންނަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ފަޔަރ އެވެއާނަސް ޕްރޮގްރާމެއް ހިންގައިފިއެވެ.

މާލޭ އުތުރު ހާބަރު އެމްޕީއެލް ސަރަހައްދުގައި ރޭ ބޭއްވި މި ޕްރޮގްރާމަކީ އަލިފާނުގެ ހާދިސާތަކަށް ހޭލުންތެރިކުރުވުމުގެ އިތުރުން ކައްކާ ގޭހާއި އަދި އަލިފާނާ ގުޅުންހުރި ކަންކަމުން އޮޑިދޯނި ފަހަރުގެ ސަލާމަތާއި ރާއްކާތެރިކަމާ ގުޅޭގޮތުން ހޭލުންތެރި ކުރުމަށް ބޭއްވި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ޖުމްލަ 65 ފަރާތަކުން ބައިވެރިވެފައިވާއިރު، މި ޕްރޮގްރާމްގައި ކިޔަވާދެއްވާފައި ވަނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ މުދައްރިބުނެވެ.


Video : 4th Indian Ocean Conference...