މަސްވެރިކަން ކުރަން އުޅުނު މީހެއްގެ ލޮލަށް ބުޅިއެއް ހެރިގެން އެމްއެންޑީއެފް ނޮދަން އޭރިއާއިން އެހީތެރިކަން ފޯރުކޮށްދީފި
06 އޮކްޓޯބަރ 2019 08:51

މަސްވެރިކަން ކުރަން އުޅުނު މީހެއްގެ ލޮލަށް ބުޅިއެއް ހެރިގެން އެމްއެންޑީއެފް ނޮދަން އޭރިއާއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މި ހާދިސާގެ މަޢުލޫމާތު މިއަދު ހެނދުނު 6:30 ހާއިރު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ)އަށް ލިބުމާއެކު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮސްޓްގާޑް ސްކޮޑްރަންގެ އުޅަނދެއްވަނީ އެ ދޯނި އޮތް ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ.

ޅ.ދިއްފުށިމާދޫގެ އިރުން 8 ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަން ކުރަމުން ދިޔަ "ހަނދުވަރީ" ނަމަކަށް ކިޔާ ދޯނީގައި ހުރި ލޮލަށް ބުޅި ހެރުނު، 42 އަހަރު ދިވެހި ފަޅުވެރިޔާ ސިއްޚީ އަވަސް ފަރުވާއަށް އެމްއެންޑީއެފް ނޮދަން އޭރިއާގެ އެހީތެރިކަމާއެކު ސީއެމްބިއުލެންސްގައި މިއަދު 08:09 ހާއިރު ވަނީ ޅ.ނައިފަރަށް ގެންގޮސްދީފައެވެ.

 


Video : 4th Indian Ocean Conference...