ބޯޓަކާއި ބާޖެއް އޮޔާދާތީ ދަތުރުވެރިން ސަމާލުވުމަށް އިލްތިމާސްކުރަން
07 އޮކްޓޯބަރ 2019 18:04

ކ.ތިލަފުށި ކައިރީގައި އޮތް ބޯޓަކާއި ބާޖެއް އޮޔާދާތީ އެސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކުރަމެވެ.

"ބަރޯސާ" ނަމަކައްކިޔާ ބޯޓަކާއި އެއާއި އެކުގައި އޮތް ބާޖު، ނަގިލި ކަނޑައިގެންގޮސް އޮޔާދާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިއަދު ހަވީރު 1620 ހާއިރުއެވެ. މި ހާދިސާގެ މަޢުލޫމާތު އެމްއާރުސީސީއަށް ލިބުމާއެކު އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އުޅަނދެއް ވަނީ އެސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައެވެ.

މީހަކު ނެތި އޮޔާދާ މި އުޅަނދުތައް އޮޔާދަނީ ކ.ތިލަފުއްޓާއި ކ.ފޭދޫފިނޮޅާއި ދޭތެރެއިންނެވެ. އެހެންކަމުން މި ސަރަހައްދުން ކަނޑުދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް އިލްތިމާސްކުރަމެވެ.


Video : 4th Indian Ocean Conference...