ޑައިވްކުރަނިކޮށް ޑީކޯވި ފަތުރުވެރިއަކު ކުރަމަތި އައިލެންޑް ރިސޯޓަށް ގެންގޮސްދީފި
09 އޮކްޓޯބަރ 2019 11:33

ޑައިވްކުރަން އުޅުމުގެ ތެރޭގައި، ޑިކޮމްޕްރެޝަން ސިކްނެސް (ޑީކޯ) ދިމާވެ، ހާލުދެރަވި ފަތުރުވެރިއަކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ އެހީތެރިކަމާއެކު އަވަސް ފަރުވާ ދިނުމަށް ސީއެމްބިޔުލާންސްގައި މިއަދު އއ. ކުރަމަތީ އައިލެންޑް ރިސޯޓަށް ގެންގޮސްފިއެވެ.

ޑީކޯވެ، ހާލުދެރަވި ފަތުރުވެރިޔަކީ، އއ.ރަސްދޫ ކައިރީ އޮތް "ބުލޫ ޝާކް" ނަމަކަށް ކިޔާ ސަފާރީއެއްގައި ޑައިވްކުރަން އުޅުނު 58 އަހަރުގެ އަންހެން ފަތުރުވެރިއެކެވެ. މި މީހާއަށް އަވަސް ފަރުވާ ދިނުމަށް އއ.ކުރަމަތި އައިލެންޑް ރިސޯޓަށް ގެންގޮސްދިނުމަށް އެމްއެންޑީއެފް ކޯސްޓްގާޑުގެ އެހީތެރިކަމަށް އެދިފައިވަނީ މިއަދު ހެނދުނު 06:30 ހާއިރުއެވެ.

ހާދިސާގެ ރިޕޯޓް ލިބުމާ ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ، ކޯސްޓްގާޑު ސްކޮޑްރަންގެ ސީއެމްއެމްބިޔުލާންސް އެ ސަރަހައްދަށް ފޮނުވައި، މިއަދު ހެނދުނު 09:38 ހާއިރު އެމީހާއަށް އަވަސް ފަރުވާ ދިނުމަށް އއ. ކުރަމަތި އައިލެންޑް ރިސޯޓަށް ވަނީ ގެންގޮސްދީފައެވެ.


Video : 4th Indian Ocean Conference...