އެމްއެންޑީއެފް ސެނަހިޔަ، "ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލް" ގެ ނަމަށް ބަދަލުކޮށްފި
24 ނޮވެމްބަރ 2019 18:29

އެމްއެންޑީއެފް ސެނަހިޔަ، "ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލް" ގެ ނަމަށް ބަދަލުކޮށްފިއެވެ.

މިއަދު ހަވީރު މިކަމަށްޓަކައި ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލް ކުރިމަތީ ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ. އަދި މިރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ އެމްއެންޑީއެފް މެޑިކަލް ކޯރޕްސްގެ ދިދަ އިފްތިތާޙް ކޮށްދެއްވާފައެވެ.

މީގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް ވަނީ އެމްއެންޑީއެފް މެޑިކަލް ކޯރޕްސް އިން ހިންގާ ކޯސްތަކާ ގުޅޭ "ކޮމްބެޓް މެޑިކް މެނުއަލް" ފޮތް ނެރެދެއްވާފައެވެ. މި ރަސްމިއްޔާތުގައި އެމްއެންޑީއެފް މެޑިކަލް ކޯރޕްސްގެ ފަރާތުން ވަނީ ޗީފް އޮފް ޑިފެންސް ފޯސްއަށް ޚާއްޞަ ކޮއިންއެއް އަރުވާފައެވެ. މި ކޮއިން، ޗީފް އޮފް ޑިފެންސް ފޯސްއަށް ހަވާލުކޮށްދެއްވީ މެޑިކަލް ކޯރޕްސްގެ ކޮމާންޑިންގ އޮފިސަރ، ކާނަލް ޑރ ޢަލީ ޝާހިދު މުޙައްމަދެވެ.

ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލްގެ ނަމަށް ބަދަލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފް އާއި ޖެނެރަލް އޮފިސަރުންނާއި ސީނިއަރ އޮފިސަރުންގެ އިތުރުން އެހެނިހެން ރޭންކުތަކުގެ ގިނަ އަދަދެއްގެ ސިފައން ބައިވެރިވެފައިވެއެވެ.


Video : 4th Indian Ocean Conference...