ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލުން ހިންގާ ހިތާނީ ކޭމްޕަށް ޗީފް އޮފް ޑިފެންސް ފޯސް ޒިޔާރަތް ކުރައްވައިފި
24 ނޮވެމްބަރ 2019 18:57

ސިފައިންގެ ޢާއިލާތަކާއި އާންމުންނަށް އަމާޒުކޮށްގެން ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލުން ހިންގާ ހިތާނީ ކޭމްޕަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް މިއަދު ހަވީރު ޒިޔާރަތްކުރައްވައިފިއެވެ.

އެމަނިކުފާނު، ހިތާނީ ކޭމްޕަށް މި ކުރެއްވި ޒިޔާރަތުގައި ހިތާނު ކޮށްފައިވާ ކުދިންނާ ވަނީ ބައްދަލުކުރައްވާ ހާލު އޮޅުންފިލުއްވާފައެވެ. އަދި ހިތާނީ ކޭމްޕްގެ ކަންކަން އިންތިޒާމުކޮށްފައިވާ ގޮތާ ގުޅޭ ގޮތުން ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލްގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވާފައިވެއެވެ.

ސިފައިންގެ ޢާއިލާތަކަށާއި އާންމުންނަށް ހުޅުވާލައިގެން މިމަހު 24 ން ފެށިގެން ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލުން ކުރިއަށް ގެންދާ ހިތާނީ ކޭމްޕުގައި 40 ކުދިން ހިތާނު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރުގައި ދުވާލަކު 4 ކުދިން ހިތާނު ކުރުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލުގައި ހިތާނު ކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ބޭނުންފުޅުވާ ފަރާތްތަކުން އެ ހޮސްޕިޓަލްގެ ނަންބަރު 301-9899 އަށް ގުޅުއްވައިގެން ނަން ނޯޓު ކުރުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.


Video : 4th Indian Ocean Conference...