ބޭރުގެ މަސްބޯޓެއް ދިވެހި މަސްދޯންޏެއްގެ ބެލުމުގެ ދަށަށް ގެނައުމާ ގުޅިގެން އެމްއެންޑިއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފި
26 ނޮވެމްބަރ 2019 12:47

ޏ.ފުވައްމުލަކުގެ އިރުން 10 ނޯޓިކަލް މޭލު ބޭރުން ދަތުރުކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް ދިވެހި މަސްދޯންޏެއްގެ ބެލުމުގެ ދަށަށް ގެނައުމާ ގުޅިގެން އެމްއެންޑިއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.

ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުން ހަތް މީހުންނާއެކު ދަތުރުކުރަމުން ދިޔަ ބޭރުގެ މަސްބޯޓެއް ފެނިގެން، ދިވެހި މަސްދޯންޏަކުން އެ ބޯޓް ހިފެހެއްޓިކަމުގެ މަޢުލާމާތު އެމްއެންޑީއެފް ސަދަން އޭރިއާއަށް ލިބިފައި ވަނީ މިއަދު 11:25 ހާއިރުއެވެ.

މި ހާދިސާގެ މަޢުލޫމާތު ލިބުމާކު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ފާސްޓް އިންޓަރސެޕްޓް ކްރާފްޓް "ދޮށިމޭނާ" ވަނީ ހަރަކާތްތެރިވާން ފަށާގައެވެ. މިބޯޓް މިހާރު ދަތުރުކުރަމުން ދަނީ ގއ. ކަނޑުހުޅުދޫއަށެވެ.

މިގޮތަށް ދަތުރުކުރާ އުޅަނދު ފަހަރު މަސްވެރިން ނުހިފެހެއްޓުމަށް އިލްތިމާސް ކުރަމެވެ. އަދި މިފަދަ ޝައްކު ކުރެވޭ ބޭރުގެ އެއްވެސް އުޅަނދެއް ފެނިއްޖެނަމަ ލަސް ނުކުރައްވައި އެމްއެންޑީއެފް ކޯސްޓްގާޑު ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވައި ރިޕޯޓް ކުރުމަށް ވެސް ދަންނަވަމެވެ. އަދި މިމައްސަލަ އިތުރަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދަނީ ތަޙްޤީގު ކުރަމުންނެވެ.


Video : 4th Indian Ocean Conference...