ޑީކޯވެ ހާލުދެރަވި މީހަކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މާލެ ގެނެސްފި
28 ނޮވެމްބަރ 2019 18:36

ޑައިވްކުރަން އުޅުމުގެ ތެރޭގައި ޑީކޯވެ ހާލުދެރަވެ، ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ މީހަކު، ޞިއްޙީ އިތުރު ފަރުވާއަށް އެމްއެންޑީއެފް ސަދަން އޭރިއާގެ އެހީތެރިކަމާއެކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި، މިއަދު 17:30 ހާއިރު މާލެ ގެނެސްފިއެވެ.

ޑައިވްކުރަން އުޅުމުގެ ތެރޭގައި ޑިކޯވި އުމުރުން 43 އަހަރުގެ ފިރިހެން މީހާ މާލެ ގެނެސްދީފައިވަނީ ސިއްޙީ އިތުރު އަވަސް ފަރުވާއަށް މާލެ ގެންދިއުމަށް ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުން މި މީހާ ބެއްލެވި ޑޮކްޓަރުން މިއަދު ލަފާދެއްވުމުންނެވެ.

މި ބަލިމީހާ މިހާރު މި މީހާ ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންދެވިފައެވެ.


Video : 4th Indian Ocean Conference...